Online Tuition

އެޑްލައިފް ވާޗުއަލް ކުލާސްރޫމަކީ ކޮބާ؟

އެޑްލައިފް ވާޗުއަލް ކުލާސްރޫމަކީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ގޮތްތައް ބޭނުންކޮށްގެން ވީޑިއޯ ކޮންފަރެންސިންގެ ނިޒާމަކުން ޓީޗަރާއި ދަރިވަރުން ގުޅުވާލަދޭ އުނގެނުމާއި، އުނގަންނައިދިނުމުގެ މާހައުލަކަށް ކިޔާ ނަމެކެވެ. މިކުލާސްރޫމް ފުރިހަމަވާނީ ތިރީގައިމިދަންނަވާ ތަކެތި ފުރިހަމަވުމުންނެވެ. 

  1. އެޑްލައިފް ވާޗުއަލް ކުލާސްރޫމް ސެޓަޕް
  2. ކޮމްޕިއުޓަރެއް/ލެޕްޓޮޕެއް/ޓެބްލެޓެއް/ ނުވަތަ އައިޕެޑެއް
  3.  މައިކްރޮފޯން ހިމެނޭ ހެޑްސެޓެއް
  4. ވެބް ކެމެރާއެއް

މި ކުލާސްރޫމް ތެރެއިންވެސް ދަރިވަރުންނަށް ޓީޗަރާއި ސުވާލުކޮށް އޮޅުންއަރާ ފިލާވަޅުތަކާއި ބެހޭގޮތުން އަނގަބަހުންނާއި، ލިޔުމުން މަޝްވަރާ ކުރެވޭނެއެވެ. އެކަކު އަނެކަކަށް ފެނި އަޑު އިވޭނެއެވެ.

އާންމު ސުކޫލު ކުލާސްރޫމް ތަކާއި މިކުލާސްރޫމްގެ ތަފާތަކީ ކޮބާ؟

އާންމު ސުކޫލް ކުލާސްރޫމްތަކާއި މިކުލާސްރޫމްގެ ތަފާތަކީ މިކުލާސްރޫމްގައި ކިޔަވައިދެވޭ ހުރިހާ ފިލާވަޅުތައް ދާނީ ވަގުތުން ވަގުތަށް ރިކޯޑްކުރެވެމުންނެވެ. މީގެ ސަބަބުން ދަރުވަރަށް ބޭނުން ކޮންމެ ވަގުތަކު ފިލާވަޅުތައް މުތާލިއާކުރުމުގެ ފުރުސަތު ފަހިވެގެން ދާނެއެވެ. މީގެ އިތުރުން ދަރިވަރުން ދުރުދުރުގައި ތިބުމުގެ ސަބަބުން  ސަކަރާތް ޖުހެމާއި އެހެން ދަރިވަރުންގެ ފަރާތުން ކުރިމަތިވާ އުނދަގޫތަކުން ދަރިވަރުންނަށް ސަލާމަތްވެ ތިބެވޭނެއެވެ. އަމިއްލަ ގޭގައި އަރާމުކޮށް އިނގެ ބޭނުން ފެންވަރަކަށް ކިޔެވުމުގެ މަގުފަހިވެގެން ދާނެއެވެ. ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީ އާއި އުނގެނުމުގެ ގޮތްތައް ތަޖުރިބާކުރެވިގެން ދާނެއެވެ.

އެޑްލައިފް ވާޗުއަލް ކުލާސްރޫމް ސެޓަޕް ހަދާނީ ކިހިނެއް؟ އަދި ކުލާހަށް ވަންނާނީ ކިހިނެތް؟

އެޑްލައިފް ވާޗުއަލް ކުލާސްރޫމް ސެޓަޕަކީ ރެޑީމޭޑް އެއްޗެކެވެ. އެޑްލައިފް ޓިއުޝަން އަދި ޓްރެއިނިނގް އެންޑް ރިސާޗްގެ ވެބްސައިޓް (www.edlife.edu.mv/downloads) އިން ޑައުންލޯޑް ކުރެއްވުމަށްފަހު ކޮމްޕިއުޓަރ/ލެޕްޓޮޕަށް އިންސްޓޯލް ކޮށްލެއްވުމުން ސެޓަޕް ނިމުނީއެވެ. އެއަށްފަހު ދަރިވަރުގެ ޔޫޒާ އަދި ޕާސްވޯޑް ޖެހުމުން ކުލާހަށް ވަދެވޭނެއެވެ. އެޑްލައިފް ވާޗުއަލް ކުލާސްރޫމް ސެޓަޕަކީ އެޑްލައިފް އިން ވިއްކާ އެއްޗެކެވެ. އެހެންކަމުން ދަރުވަރުގެ ޔޫޒާނޭމް، ޕާސްވޯޑް، އަދި ހިލޭ އިންޓަނެޓަށްވަދެވޭ ޑޮންގްލް ލިބޭނީ ރެޖިސްޓްރޭޝަން ފީދެއްކުމުންނެވެ. އެހެން ނަމަވެސް ސެޓަޕް ހިލޭ ޑައުންލޯޑް ކޮށްލެވޭނެއެވެ.

އެޑްލައިފް ވާޗުއަލް ކުލާސްރޫމްގައި ރަޖިސްޓްރީ ވާނީ ކިހިނެއް؟ އަދި ފައިސާ ދައްކާނީ ކިހިނެތް؟ ކޮން ވަގުތަކު؟

އެޑްލައިފް ވާޗުއަލް ކުލާސްރޫމްގައި ރަޖިސްޓަރ ވުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އެޑްލައިފް އެޕްލިކޭޝަން ފޯމް ފުރުއްވުމަށްފަހު -/1000 ރުފިޔާ ދެއްކުމުން ރެޖިސްޓަރ ވީއެވެ. އެޕްލިކޭޝަން ފޯމް އެޑްލައިފް ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ވެސް ފޯމް ހުށައެޅޭނެއެވެ.

ރާއްޖޭގެ ގިނަ ރަށްތަކުގައި އެޑްލައިފް އޭޖެންޓުން ތިއްބަވާނެއެވެ. ރަށު އޭޖެންޓަށް ފޯމާއިއެކު -/1000ރ ހުށަހެޅުމުންވެސް ރެޖިސްޓަރ ކުރެވޭނެއެވެ. ނޫންނަމަ މާލޭގައި ހުންނަ އެޑްލައިފްގެ ހެޑް އޮފީހަށް ކޮންމެ ބޭފުޅަކަށްވެސް ފައިސާ ދެއްކޭނެއެވެ.

ރަޖިސްޓްރޭޝަން ފީ ދައްކާކަށް ވަކި މުއްދަތެއް ކަނޑައެޅިފައި ނޯންނާނެއެވެ. ރަޖިސްޓަރ ވެވޭނީ ފީ ދެއްވުމުންނެވެ. ޖާގަ ކަށަވަރު ވާނީ ރަޖިސްޓަރ ވުމަށްފަހުގައެވެ. ރަޖިސްޓްރޭޝަން ފީ ދައްކަންޖެހޭނީ ކޮންމެ ބޭފުޅަކުވެސް އުމުރުން އެއްފަހަރުއެވެ. އެއަށްފަހު ކޮންމެ މަހަކުވެސް މަހުފީ ދައްކަވަން ވާނެއެވެ. މަހުފީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހުގެ ކުރިން ދައްކަން ޖެހެއެވެ. 10 ވަނަ ދުވަހުގެ ފަހުން ފީ ބަލައިގަނެވޭނީ -/50ރ ގެ ޖޫރިމަނާއާއި އެކުގައެވެ.